ނޫމަޑި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ފާސްކޮށްފި
ރާއްޖޭގައި ހައުސިންގ ޕްރޮޖެކްޓް ހިންގުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއެކު ވި އެއްބަސްވުން، ކުރީ ސަރުކާރުން އުވާލި މައްސަލާ ގުޅިގެން، ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި އެކަމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެމައްސަލަ ބަލާފައެވެ. މިއަދުގެ ޖަލްސާގައ...