ގިރާވަރުގެ އުތުރުން ކަނޑުން ބޯޓެއް އޮޔާދަނީ، ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި
ކ. ގިރާވަރުގެ އުތުރު ކަނޑުން “ބަރޯސާ” ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ. އެއްވެސް މީހެއް ނެތި މި ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރުއެވެ. އެމްއާރުސީސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓް އޮޔާދަނީ ކ.ގިރާވަރު ކަނޑުން ހުޅަނގަށެވެ. އެހެންކަމުން، އެ ސަރަހައްދުނ...