ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ނުވަތަ ސިޓީއެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫޢެއް ކައުންސިލް މެދުވެރިކޮށް ހިންގުމުގައި ޢަމަލުކުރާނެ ގޮތް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިސްލާޙް ގެނެވުނު ޤާނޫނުގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ނުވަތަ ސިޓީއެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫޢެއް ކައުންސިލް މެދުވެރިކޮށް ހިންގުމުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް ޢަމަލުކުރުމަށް އެމިނިސްޓްރީން ވަނީ ދަންނަވާފައެވެ.
ރަށެއްގެ ނުވަތަ އަތޮޅެއްގައި ޤައުމީ އިދާރާތަކުން ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުއެއް ހިންގަންވާނީ ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑަޅާ ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫޢުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލާ ޙަވާލުކޮށްގެންނެވެ. މިގޮތުން އެއް އަތޮޅެއްގެ އެއްރަށަށްވުރެ ގިނަ ރަށްރަށުގައި ހިންގާނެ މަޝްރޫޢެއް ހިންގަންވާނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލާ ޙަވާލުކޮށްގެންކަމަށް އެސާރކިއުލާގެ 1 (ހ) ގައި ބުނެފައި ވެއެވެ.

Ad
rt

ޤައުމީ އިދާރާތަކުން ސިޓީއެއްގައި ހިންގުމަށް ކަނޑަޅާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން އަގުގެ ގޮތުން 15 (ފަނަރަ) މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން މަޝްރޫޢުތައް ހިންގަންވާނީ މި ސަރކިއުލަރގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ސިޓީއެއްގެ ކައުންސިލާ ޙަވާލުކޮށްގެންކަމަށް (ށ) ގައި ބަޔާންކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ މިއަދު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކުން ގެންގުޅުއްވާ އެސްއޯޕީ ތަކުގައި މިސާރކިއުލާގައިވާ ކަންކަން ހިމަނުއްވާ އެގޮތައް އަމަލު ކުރަން އަންގާފައެވެ.