މަސްތުވާތަކެއްޗާއެކު ރ. މީދޫން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު ރ. މީދޫން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ރ. މީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މަޑުއްވަރިން މީދުއަށް ލޯންޗެއްގައި އަންނަ މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެ...