ކުޅުދުއްފުށިން އިއްޔެ ނެގި ހުރިހާ ރެންޑަމް ސާމްޕަލްވެސް ނެގެޓިވް
ހދ.ކުޅުދުއްފުށިން ކޯވިޑް-19އަށް ޓެސްޓު ކުރުމަށް ދެވަނަ ބުރުގައި ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ. އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގެ އަބްދުﷲ މައުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކުގެ ތެރެއިން ސިމްޓަމްސް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުން އަންނަ ކަމަށާއި އެގޮތުން 17 އޮކްޓޯބަރުން ފެށިގެން މިއަދާ ހަމައަށް ޑޮކްޓަރަށް ދައްކަން ދިޔަ...