ވިހެއުމަށް ފަހު ފޮލޯއަޕް އެޕޮއިންޓްމަންޓް ހެދުމަށް، ކޭއާރުއެޗްއިން ލުއި އުސޫލެއް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ވިހެއުމަށް ފަހު ޑިސްޗާޖް ކުރާ މީހުންނަށް ފޮލޯއަޕް އެޕޮއިންޓްމަންޓް ހެދުމަށް ލުއި އުސޫލެއް ތަޢާރުފް ކޮށްފިއެވެ. ކޭއާރުއެޗްއިން ބުނީ އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، 1 އޮކްޓޫބަރު 2020 އިން ފެށިގެން މާބަނޑު މީހުން ވިހެއުމަށް ފަހު ޑިސްޗާޖް ކުރާއިރު ފޮލޯއަޕް އެޕޮއިންޓްމަންޓް އަންހެނުންގެ ޑޮކްޓަރު އަދި ކުޑަކުދިންގެ ޑޮކްޓަރަށް ހަމަޖެއްސުމުގެ އުސޫލު ތަޢާރުފު ކޮށްފައި...