މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,901 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ތިނަދޫގައި ތަރައްގީކުރާ ސަރަހައްދީ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އަށް
Raajje

ތިނަދޫގައި ތަރައްގީކުރާ ސަރަހައްދީ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އަށް

ގދ. ތިންދޫ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. އެމްޕީއެލްގެ ފަރާތުން އެމްޓީސީސީއަށް އެ މަޝްރޫއު ހަވާލު ކުރި އިރު، ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމަށް އެ ރަށުން...

75 އަހަރުގެ މީހަކަށް ޖިންސީ ގޯނާކުރި 28 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
Raajje

75 އަހަރުގެ މީހަކަށް ޖިންސީ ގޯނާކުރި 28 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

75 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް، އޮރިޔާން ކާޑު އުފެއްދި މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ގަދަކަމުން ޖިންސީ ގޯނާ ކުރި ކަން އެ އިދާރާ އަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މިމައްލައިގައި ހައްޔަރުކުރި ޒުވާނާ ހައްޔަރުކޮށްފައިވަނީ ލ. ގަމުން އިއްޔެގެ ވަގުތެއްގައިކަމަށެވެ. މި މައްސަލައިގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. މައްސަލައިގެ ހައް...

ނޮޅިވަރަންފަރަށް ބަދަލުވި 52 ޢާއިލާއަކަށް 9 އަހަރުފަހުން ބޯހިޔާވަހިކަން ހަމަޖެހިއްޖެ
Thiladhunmathi News

ނޮޅިވަރަންފަރަށް ބަދަލުވި 52 ޢާއިލާއަކަށް 9 އަހަރުފަހުން ބޯހިޔާވަހިކަން ހަމަޖެހިއްޖެ

2011 ވަނަ އަހަރު ހދ. ނޮޅިވަރަންފަރަށް ބަދަލުކުރި ތިންރަށެއްގެ މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހިތިބި 52 ޢާއިލާއަކަށް ހައުސިން ޔުނިޓްތައް ހަވާލުކޮށްފިއެވެ. އެ 52 ޢާއިލާ ނިސްބަތްވަތް ވަނީ ހދ. ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއަށެވެ. އެ ރަށްތަކުގެ މީހުން ނޮޅިވަރަން ފަރަށް ބަދަލުކުރީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. މި ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލުކުރީ ޑިސެމްބަރު 18 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލު ކޮށްދެ...

އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް
Raajje

އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް

ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑެލް ދެއްވުން ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި […]

ފެލިވަރުގައި މަސްވެރިންގެ އިހުތިޖާޖެއް
Raajje

ފެލިވަރުގައި މަސްވެރިންގެ އިހުތިޖާޖެއް

ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ. ފެލިވަރުގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިން ބުނެފައި ވަނީ އެމީހުން އިހުތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއްވެ، ހައްލު ނުލިބި ދިގުދެމިގެންދާތީ ކަމަށެވެ. މަސްވެރިން ދަނީ ފެލިވަރު ބަނދަރުގައި ތިބެގެން އިހުތިޖާޖު ކުރަމުން ކަމަށާއި، އެ އިހުތިޖާޖުގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވިއްސަކަށް ދޯނީގެ މަސް...

ކުޅުދުއްފުށީ ހިއްކިބިމުގައި ހުރި ގައުފުނިތަކުން ގައު ދޫކުރަނީ
Thiladhunmathi News

ކުޅުދުއްފުށީ ހިއްކިބިމުގައި ހުރި ގައުފުނިތަކުން ގައު ދޫކުރަނީ

ހދ. ކުޅުދުއްފުށި ސިޓީގެ ހިއްކިބިމުގައި ހުރި ގައު ފުނިތަކުން ގައު ބޭނުންވާ ފަރާތްތަކަށް ގައު ދޫކުރާގޮތަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އިން ނިންމައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ގައު ބޭނުންވާ ފަރާތްތަކުން ކައުންސިލުން އެކަމަށް ހުށަހަޅަންޖެހޭ ފޯމް ނަންގަވާ ހުށަހެޅުއްވުން އެދޭކަމަށެވެ. ގައު ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއަކު އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ 9:00 ން 12:00 އަށް ކަމުގައި އެކައުންސިލުން ބުނެފއެވެ. މިކަމަށް އެދި...

އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވާނަމަ ކުރާ ޖޫރިމަނާ ބޮޑުކޮށް އާ އުސޫލު އާންމުކޮށްފި
Raajje

އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވާނަމަ ކުރާ ޖޫރިމަނާ ބޮޑުކޮށް އާ އުސޫލު އާންމުކޮށްފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާއި ޚިލާފުވާ މީހުންނާއި، ގާނޫނީ ޝަޚުޞުން ޖޫރިމަނާ ކުރާ ޢަދަދު ބޮޑުކޮށް، އެފަދަ މީހުންނާއިމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް އާންމުކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި މި އުސޫލުގައި ބުނާގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް އާންމު ފަރުދަކު ތަބާނުވެއްޖެނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ...

"ވައިކަރަދޫ" ރަމްޒު ކޮށްދޭ މޮނިއުމަންޓެއް ހެދުމަށް ހުޅުވާލައިފި
Thiladhunmathi News

"ވައިކަރަދޫ" ރަމްޒު ކޮށްދޭ މޮނިއުމަންޓެއް ހެދުމަށް ހުޅުވާލައިފި

ހދ. ވައިކަރަދޫގެ ބަނދަރު ސަރަހައްދުގައި އެރަށުގެ ނަން ރަމްޒު ކޮށްދޭ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 27 ޑިސެމްބަރ 2020ވާ އާދިއްތަ ދުވަހު ހެނދުނު 11:00 އަށް އެއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޑިސެމްބަރ 2020ވާ އަންގާރަ ދުވަހ...

ސަޢޫދީއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
Raajje

ސަޢޫދީއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. ފަތްކޮޅުއެރުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ރައްމިއްޔާތެއްގަ އެވެ. މިރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ އައު ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި...

ފަހާތަނެއް ފަޅާލި މީހަކު ހޯދަނީ
News

ފަހާތަނެއް ފަޅާލި މީހަކު ހޯދަނީ

ފަހާތަނަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާއަކީ 2020 ޑިސެމްބަރު 5 ވަނަ ދުވަހުގެ ވަގުތެއްގައި ސޯސަންމަގު އިބްރާހިމް މިސްކިތް ކައިރީގައި ހުރި ފަހާތަނަކުން ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ. ވީޑިއޯއިން ފެންނަ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ...

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި، ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި
Raajje

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި، ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި ގުޅޭކަންކަމާއި، އެ ދާއިރާގެ ޒުވާނުންގެ ކަންބޮޑުވުންތައް ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއި ހިއްސާ ކޮށްފިއެވެ. މިކަންކަން ހިއްސާ ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)، ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައިއެވެ. އިއްޔެ ޔޫތު މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން އިބްރޭ “ތިލަދުން”އަށް ވިދާޅުވީ އެ ބައްދަލު ވުމަކީ ކުޅިވަރާއިބެހޭ ވަޒީރު މަހްލޫފްގެ ފަރާތްޕުޅުން އުންމީދީ ޖަވާބ...

މާލޭ ސިޓީގައި އާ "ޕިކް ޕޯސްޓް" ސްޓޭޝަނެއް ހުޅުވައިފި
Business

މާލޭ ސިޓީގައި އާ "ޕިކް ޕޯސްޓް" ސްޓޭޝަނެއް ހުޅުވައިފި

ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތްދެމުންދާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެއިލް ޑެލިވަރީ ނިޒާމު ހަރުދަނާ ކުރުމަށް ގްރޭޓަރ މާލެ ސަރަޙައްދުގައި އިތުރު ޕިކް ޕޯސްޓެއް ގާއިމުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ. އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަލަށް ޚިދުމަތް ދޭން ފެށި އައު ޕިކް ޕޯސްޓް ގާއިމުކޮށްފައި ވަނީ މާލޭ ސިޓީގެ، ގްރޭޓަރ މާލެ ބަސް ޓަރމިނަލުގައިއެވެ. އައު ޕިކް ޕޯސްޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ޕިކް...

ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭ: ނައިބު ރައީސް
Raajje

ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭ: ނައިބު ރައީސް

ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، އިއްޔެ ހުޅުމާލޭގައި ކުރިއަށް ދިޔަ “ސާފު ހުޅުމާލެ” ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަ ފުޅުގައެވެ. އެ ހަރަކާތް ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކާގައި ނައިބު ރައީސް ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، މި ސަރުކާރުން ސާފުތާހިރުކ...

އާރުޑީސީއިން މިލަންދޫ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި
Raajje

އާރުޑީސީއިން މިލަންދޫ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް ނިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކާއި، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މ...

ބޮޑެތި މަޝްރޫއުތައް ހިންގާ ''ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި'' ދެވިގެން ނުވާނެ: އާތިފް
Thiladhunmathi News

ބޮޑެތި މަޝްރޫއުތައް ހިންގާ ''ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި'' ދެވިގެން ނުވާނެ: އާތިފް

ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި ދެވިގެން ނުވާނެ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ ގިނަ އުޅަނދުފަހަރު ލަފާ ފުރާ ރަށް ކަމާމެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެ ކަމަށެވެ. ކަންމިހެން އޮތުމުން ރަށުގެ ރައްޔިތުންނާއި އެރަށުގެ ބަނދަރު ބޭނުންކުރާ އަވައްޓެރި ރަށް ރަށުގެ ރައްޔިތުން އަންނަނީ...