ހިޔާ މަޝްރޫޢު: ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް
”ހިޔާ” މަޝްރޫޢުގެ ފްލެޓުތަކުގެ ވަގުތީ ލިސްޓު އިޢުލާނުކޮށްފައިވާ ކެޓަގަރީތަކުގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގައި ޕޮއިންޓް ދީފައިވާ ގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތެއް ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން ދެއްވައިފިއެވެ. ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން ޢާއްމުކޮށްފައިވާ އިޢުލާނުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ ޝަކުވާތައް ބަލައި، ލިޔުމުން ޖަވާބުދާރީވަމުން ގެންދިއުމުގެ އިތުރުން، ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ ބަޔަށް ޝަކުވާ ހުށަހެޅުމަށްޓަކައި އިތުރު ފުރުޞަތެއް ހުޅުވާލެވި...