ލޮނުގެ އަސަރުކޮށް ނަރުދޫގެ ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތަކެއް މަރުވަނީ
މިހިނގާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ށ. ނަރުދޫއަށް އެރި އުދައިގެ ސަބަބުން ލޮނުގެ އަސަރުކޮށް އެރަށުން ގިނަ ޢަދަދެއްގެ ފަތްކެޔޮ ގަސްތަކެއް މަރުވަމުން އެބަދެއެވެ. ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ނަރުދޫއަށް އުދަ އެރީ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ. އަދި އެރޭ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެ، 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވެއެވެ. ނަރުދޫއަށް އުދައަރައި […]