ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް ފަށައިފި
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް ފަށައިފި އެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝިލްޑް ވެކްސިންގެ ރާއްޖެއިން ފުރަތަމަ ޖަހާފައި ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޝިރާނީ އަބްދުއްރަހީމްއަށެވެ. ދެވަނައަށް މި ވެކްސިން އާރު އެން ކާތިކޭން އާއި، ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށްވާ އިބްރާހިމް ނަސީރު ވަނީ ޖަހާފަ އެވެ. މިހަރަކާތުގެ ތެރެއިން ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވާފައިވާއިރު، މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، މަޖިލިސް ރައ...