ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލަމުން ރައީސް އޮފީހުން ވިދާޅުވީ، ބްރޯޑްކޮމްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ. މިއަދުން ފެށިގެން 2021 މާރިޗް މަހުގެ 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލ...