ހއ. އަތޮޅު ހޮސްޕިޓަލްގައި ކޯވިޑްއަށް ޓެސްޓް ކުރެވޭގޮތް ހަދަނީ
ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްއިން ކުއްލި ހާލަތްތަކުގައި ކޯވިޑްއަށް ޓެސްޓް ކުރެވޭގޮތަށް ހެދުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން މިހާރު ވަނީ ކޯވިޑްއަށް ޓެސްޓް ކުރަން ބޭނުންވާ މެޝިންމުޅިން ހަމަޖެހި ދިއްދޫއަށް ގެންދިޔުމުގެ މަގުމަތީގައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، އެ މެޝިންލިބި އެ ހޮސްޕިޓަލުން ކޯވިޑްއަށް ޓެސްޓް ކުރެވެން ފެށުމުން އަތޮޅުގައި ކުއްލި ގޮތެއްގައި ހަދަންޖެހޭ ކޯވިޑް ޓެސްޓްތައް ހެދުމަށް މަގުފަހިވެގެން...