ކޯވިޑް ބަލީގައި ދޮށީ އުމުރުގެ މީހަކު ނިޔާވެއްޖެ
ރާއްޖެގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ ދޮށީ އުމުރުގެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުން އުމުރުން 77 އަހަރުގެ އަންހެނެކެވެ. އެހެންކަމުން މިއީ ރާއްޖޭގައި ކޯވިޑް ބަލީގައި ނިޔާވި 75 މީހާއެވެ. ރާއްޖެއިން މިބަލީގައި ނިޔާވެފަ ވަނީ 65 ދިވެހިންނާއި 10 ބިދޭސީންނެވެ. ކޯވިޑްގެ ހާލަތު ގޯސްވެ، މުޅި ޤައުމު ނުރައްކަލަށް ހުށަހެޅިފައިވާއިރު، ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ....