ފަތުރަނީ ޔޯލަ ދޮގު ޚަބަރެއް، ބަންގްލަދޭޝް މީހާއަށް ފުރިހަމަ އެހީތެރިކަން ދިނިން: ހޯރަފުށީ ކައުންސިލް
ހއ. ހޯރަފުށީ ރޯޝަނީގޭގައި މެއި 31 ވަނަ ދުވަހު ހިނގާފައިވަނީ އަލިފާނުގެ ހާދިސާއެއްކަމަށާއި، އެކަން ކައިރިން ބަލައި އެ ހާދިސާގައި އެގޭގައި އުޅޭ ބަންގްލަދޭޝްމީހާއަށް ފުރިހަމަ އެހީތެރިކަން ވަނީ ފޯރުކޮށް ދެވިފައިކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. އެ ހާދިސާއާއި ގުޅިގެން ކަންހިނގާދިޔަ ގޮތް ސާފުކޮށް ދިނުމަށް ހޯރަފުށީ ކައުންސިލުން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، 31 މެއި 2021 ވީ ހޯމަދުވަހުގެ ހެނދުނު 10:30 ގައި ހޯރަފުށީ ރޯޝަނީގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއ...