ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 161 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅު ގޮތުގައި ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 161 ވަނަ މީހާ ނިޔާވީ މިއަދު މެންދުރުފަހު 3 ޖަހާއިރުއެވެ.
އެމީހާއަކީ އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދިޔަ އުމުރުން 58 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
މިއީ މިބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ. އަދި މިމަހު ނިޔާވި 89 ވަނަ މީހާއެވެ.
ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!