ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމައިފި
ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރައަށް ބަދަލުގެންނަން ނިންމަވާފައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިރޭ ވިދާޅުވީ، ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން 2022 މޭ 1 އިން ފެށިގެން އެ މަރުކަޒުގެ މުވައްޒަފުންގެ މުސާރަ ވެސް “ދައުލަތުގެ ޕޭ ފްރޭމް ވާރކް” އަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން...