ލައިފް ސްކިލް ޕްރޮގްރާމުން އެއްބައިވަންތަ ރަށެއް ގޮތުގައި ދެމި ތިބުމަށް އައު ހިތްވަރެއް ލިބުނު: އުތީމު ކައުންސިލް
އުތީމު ކައުންސިލުން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ލައިފް ސްކިލް ޕްރޮގްރާމުން އެރަށުގެ ރަށުވަންތަ ސިފަ ހިފަހައްޓައި، އެއްބައިވަންތަ ރަށެއްގެ ގޮތުގައި ތިބުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ނޮވެމްބަރު މަހުގެ 10 އިން 12 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ލައިފް ސްކިލް ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެއްވީ މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މަސްއޫދު ޢަލީ އެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އ...