މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,453 Stories
3,124 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ޓީޓީ ހޯލް ހުޅުވައިފި
Raajje

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ޓީޓީ ހޯލް ހުޅުވައިފި

”މާލެ ޓީޓީ ހޯލް” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މިއީ ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލެވެ. މާލެ ޓީޓީ ހޯލު ރަސްމީގޮތުން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރ...

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
Raajje

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފައި ވަނީ މި އަހަރުގެ ނޮވެންބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ. މި ގެނެވުނު އިޞްލާޙުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ […]

ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް އަޝްރަފް
Raajje

ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް އަޝްރަފް

މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ގއ. ނިލަންދޫ، ލިލީމާގޭ، އަޝްރަފް ޢަލީ މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަޝްރަފް އެ މަޤާމަށް އައްޔަނު ކުރެއްވިކަން ރައީސް އޮފީހުން ހާމަކުރެއްވީ މިއަދުއެވެ. އަޝްރަފަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާޞިލްކުރައްވާފައިވާ، ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްތެރި ބޭފުޅެކެވެ. މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް އެންމ...

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވަޒީފާގެ ފުރުޞަޠު ހުޅުވާލައިފައި ވަނީ ފުލުހުންގެ “ކޮންސްޓަބަލް” ގެ މަޤާމަށް މީހުން ހޯދުމަށެވެ. މި ވަޒީފާއަށް ހޮވޭ މީހުންގެ މަސްއޫލިއްޔަތަކީ ފުލުހަކު އަދާ ކުރަންޖެހޭނެ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުމެވެ. މިވަޒީފާގައި ލިބޭ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 4،650 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގަ...

ކޭއާރުއެޗު ގައި ހުޅުތަކުގެ އޮޕަރޭޝަން ކޭމްޕެއް ފަށައިފި
Thiladhunmathi News

ކޭއާރުއެޗު ގައި ހުޅުތަކުގެ އޮޕަރޭޝަން ކޭމްޕެއް ފަށައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ހުޅުތަކުގެ އޮޕަރޭޝަން ކުރުމަށް ކޭމްޕެއް ފަށައިފިއެވެ. ކޭއާރުއެޗުން ވިދާޅުވި ގޮތުގައި މި ކޭމްޕް އޮންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޭމްޕުގައި އާރތުރޮސްކޯޕިކް ސާރޖަރީ (ކެމެރާގެ ޒަރީއާއިން ބަލައިން ކުރެވޭ ހުޅުތަކުގެ އޮޕަރޭޝަން) ތަކެއް ކުރިޔަށްދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. މި ކޭމްޕު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއ...

ޓެކްސް ނަގާ މިންވަރު ބޮޑު ކުރާ އިސްލާހް ތަސްދީގުކުރައްވައިފި
Raajje

ޓެކްސް ނަގާ މިންވަރު ބޮޑު ކުރާ އިސްލާހް ތަސްދީގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ. އެ ގޮތަށް ގޮތައް ނިންމައި، މި ބިލު ފާސްކުރީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާގައެވެ. […]

ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް ފާޠިމަތު ޔުމްނާ އާތިފަށް
Raajje

ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް ފާޠިމަތު ޔުމްނާ އާތިފަށް

ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، “ޕްރެޒިޑެންޓްސް ބެޖް” ޙާސިލްކުރި ފާޠިމަތު ޔުމްނާ އާތިފަށް މިއަދު އެ ބެޖް ހަވާލުކޮށްދެއްވައިފިއެވެ. ފާޠިމަތު ޔުމްނާ އާތިފަށް މި ބެޖް ހަވާލުކޮށް ދެއްވީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު ޢަލީ...

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފަށައިފި
Raajje

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފަށައިފިއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފަށާފައިވާ ކަމަށެވެ. އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފެށިއިރު، އެ އަތޮޅުގައި ތި...

ހިދުމަތްތެރިޔާ ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެ
Raajje

ހިދުމަތްތެރިޔާ ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެ

ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ އައްނަބީލާ ހަބީބާ ހުސައިން ހަބީބު އަވާހާރަ ވެއްޖެއެވެ. ހަބީބާއަކީ ރާއްޖޭގައި ދެފަހަރެއްގެމަތިން 32 އަހަރަށްވުރެ ގިނަދުވަސްވަންދެން ރަސްކަންކުރެއްވި އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ދަރިކަނބަލުން އަލްއަމީރާ ޝަހީމާ ޝަމްސުއްދީންގެ ބޭފުޅެކެވެ. ބައްޕާފުޅަކީ އައްނަބީލް ހުސައިން ހަބީބު (ކަކާގޭ ތުއްތު މަނިއްޕުޅު) އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަބީބާ ހުސައިން ހަބީބު އަވަހާރަވީ އުމ...

ނިރުފެހިގެ ސާފުކޮށް ނިންމާލައިފި
Raajje

ނިރުފެހިގެ ސާފުކޮށް ނިންމާލައިފި

މި މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކޮށް ނިންމާލައިފިއެވެ. ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވިދާޅުވީ، އެ ގޭ ސާފުކޮށް ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތް ކޮށްފައިވަނީ އެ މި ނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސަސް ޑިޕާޓްމަންޓުންނެވެ. މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގައި މިހައިތަނަށް އެންމެގިނަ މީހުން ނިޔާވި ހާދިސާ އެވެ. އެ ހާދިސާގައި […]

ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް
Thiladhunmathi News

ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައި...

ރާއްޖޭގެ ސަރައްދުން ބޭރުގެ މަސް ބޯޓެއް ހިފަހައްޓައިފި
Raajje

ރާއްޖޭގެ ސަރައްދުން ބޭރުގެ މަސް ބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ދިވެހި ސިފައިންގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ، އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، އެ ބޯޓަކީ ކ. ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ ބޯޓެކެވެ. އެ ބޯޓާބެހޭ މައުލޫމާތު އެމްއެންޑީއެފަށް ފޯރުކޮށްދިނީ އދ. މަހިބަދޫ އަސަރީ ދޯނިންނެވެ. އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ “އެފްއައިސީ ހަކުރާ” ވަނީ އެ ސަރަޙައްދަށް ގޮސް، އެ...

ހައިކޯޓަށް ފަނޑިޔާރަކު ހޯދަނީ
Raajje

ހައިކޯޓަށް ފަނޑިޔާރަކު ހޯދަނީ

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޢިއުލާންކޮށްފިއެވެ. ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢިއުލާންގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ހައިކޯޓޫގެ ފަނޑިޔާރެއްގެ މުސާރައަކީ 36،000 ރުފިޔާއެވެ. އަދި ލިވިން އެލަވަ...

ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ ކައުންސިލްގެ ކަންބޮޑުވުން
Thiladhunmathi News

ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ ކައުންސިލްގެ ކަންބޮޑުވުން

ށ. ފޭދޫ ސްކޫލަށް އިތުރުކުރާ 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ދިގުލާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، އެރަށުގެ ސްކޫލަކީ މިހާރު 7 ކިލާސް ރޫމް އެކުލެވޭ ސްކޫލެއް ކަމަށެވެ. އަދި އެ ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް، ޖުމްލަ 224 ދަރިވަރުން އުނގެނެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްކޫލްގެ ޖާގައިގެ ދަތިކަމާހުރެ ދެ ދަންފަޅިއަށް ބަހައިގެން މެނޭޖް ނުކުރެވޭ ކަމަށެވެ. […]

ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ބާއްވައިފި
Raajje

ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ބާއްވައިފި

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ދިވެހިރާއްޖޭގެ ބާ އިމްތިޙާނު މިއަދު ބާއްވައިފިއެވެ. މިއީ މި އިމްތިހާނު ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ބާ ކައުންސިލުން ވިދާޅުވިގޮތުގައި މިއަދު ބޭއްވި ބާ އިމްތިހާނު 176 މީހަކު ވަނީ ހަދާފައެވެ. މި އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށެވެ. މި އަހަރުގެ ބާ އިމްތިޙާނުގެ ސުވާލުތައް ދީފައި ވަނީ، ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ، ކޮންޓްރެކްޓް ލޯ، ކްރިމިނަލް ލޯ، ޓޯޓް […]