ރިޟްވާން ވަނީ ކަރު ބުރިކޮށްލައި، ކަނޑުފައްތާފައިކަމަށް އެނގިފައިވޭ: މަރު ކޮމިޝަން
ނޫސްވެރިޔާ އަހުމަދު ރިޟްވާން ޢަބުދުﷲ ވަނީ ރަހީނުކޮށް، ކަރުބުރިކޮށްލައި ކަނޑުފައްތާފައި ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން މިއަދު ވަނީ އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ. އެއަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް އެ ރިޕޯޓާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެ ކޮމިޝަންގެ ޗެއާ ވިދާޅުވިގޮތުގައި ރިޟްވާން ދިރިއުޅުނު ފް...