ފައިނަލްގައި ކޮރަލްސް އާއި ސްކައިގެ ކުރިމަތިލުން، ދެ ޓީމުން ވެސް ތަށި އުފުލާލުމުގެ ވަރުގަދަ އަޒުމްގައި
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި، ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ކުރިމަތިލާއިރު ދެ ޓީމުން ވެސް ތިބީ ތަށި އުފުލާލުމުގެ ވަރުގަދަ އަޒުމްގައި ކަމަށް އެ ދެޓީމުން ބުނެފިއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރި، ކޮރަލްސް ޓީމުގެ މެނޭޖަރު، ހުސައިން މުހައްމަދު، މިއަދުގެ ފައިނަލް މެޗުގެ ކުރިން...