މާލޭ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް، އަލިފާން ކޮންޓްރޯލްކޮށްފި
މާލޭ އޯކިޑް މަގުގައި ހުންނަ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިރޭ 18:12 ގައެވެ. މި ހާދިސާގައި އިލިފާން ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު ސިފައިންގެ ފަޔަ އެންޑް ރެސްކިއުގެ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ހާދިސާއާއި ގުޅިގެން ކެފޭގެ ވަށައިގެންވާ ގެތައް ވެސް ހުސްކުރިއެވެ. އެ ކެފޭގައި ރޯވުމުން ބޯ ދުން ބޮޑު […]