ގުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށް ނުގެންދަން ނިންމައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޖޭއެސްސީ މިއަދު ވިދާޅުވީ، ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގެ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވެފައިވީނަމަވެސް، އެ ޤަޟިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި އިސްމެޖިސްޓްރޭޓު ފަތުޙުﷲ ޖަމީލް މޫސާގެ ބަހުން އެނ...