ނާކާމިޔާބުވުމަކީ ގޮތް ބަދަލު ކުރަންޖެހޭ ކަމެއްނޫން: އިމްރާން
ނާކާމިޔާބީވުމަކީ އިރުއިރުކޮޅާ ހުރި ގޮތް ބަދަލު ކުރަންޖެހޭ ކަމެއްނޫން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، އަދާލަތު ޕާޓީގެ ރައީސް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މީސްމީޑިއާ މެދުވެރިކޮށް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ، ސިޔާސީ މައިދާނުގައި ހެޔޮ ނަތީޖާ ނެރެވޭނީ، ދިގު މުއްދަތަކަށް އެއްގޮތަކަށް ދެމިހުރެގެން ކަމަށެވެ. އެކަން ސާފުކޮށް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. ”ސިޔާސީ މަސައްކަތުގައި އިޚްލާސްތެރި ހިތަކައިގެން، އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮނަތީޖާ ނު...