އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެއްޖެކަމަށް ނިންމައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ނިންމައިފި
ނޫނު އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެފައިވާކަމަށް ނިންމައި، އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނ. އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވިދާޅުވެފައި ވަނީ އެ އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ މަސައްކަތް 110 ދުވަސްތެރޭގައި ނިންމުމަށް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް (ކޮންޓްރެކްޓަރ) އ...