''ތިލަފުށީގައި ގާއިމުކުރާ ޕޯޓުގެ މައިބަދައަކީ ޑިޖިޓަލައިޒް ނިޒާމެއް، އަންނަ ނޮވެމްބަރުގައި އޮޕަރޭޝަނަށް ގެނެވޭނެ''
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުހެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ އާ ވިޔަފާރި ބަނދަރު ތަރައްގީކޮށް، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެވޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ބަނދަރު ތަރައްގީ ކުރަށްވާނީ ޖާގަ ބޮޑު، ވަސ...