އެމްއެންޕީގެ ވެރިކަމެއްގައި އުޅަނދުފަހަރު އިންޝުއަރ ކުރެވޭނޭ އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދޭނަން: ނާޒިމް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ކަނޑާއި އެއްގަމު އުޅަނދުފަހަރު އިންޝުއަރ ކުރެވޭނޭ އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، މާލެއިން ފުރައިގެން 15 މީހުނާއެކު ރ. އަތޮޅަށް އިއްޔެ ދަތުރުކުރަމުންދިޔަ ”އާލާ” ބޯޓަށް ރާޅެއް އަރައި ދިޔަވެ އަޑިއަށް ދިޔަ ހާދިސާގައި ލިބުނު ގެއްލުމަށް އިޝާރާތް ކުރައްވަމުންނެވެ. މި ހާދިސާއަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ...