އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ވަޅިއަކުން މީހަކަށް ހަމަލާ ދިނުމުން އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު 6:46 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ މަރަދޫ ފޭދޫގެ ގެއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ރޭ 23:38 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާގައި އަނިޔާވެފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެމީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލަ ދަނީ ތަހުގީގު ކުރައްވަމުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ވަޅިއަކުން ހަމަލާދީފައިވަނީ ކޮއްކޮ އެއް އޭނާގެ ބޭބެ އަށެވެ.