މަކުނުދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ލަސްވާތީ ކަންބޮޑުވުން
ހދ. މަކުނުދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ލަސްވާތީ އެރަށު ކައުންސިލްގެ އޮފިޝަލަކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިކަންބޮޑުވުން ފާޅުކުރައްވައި، އެ ރަށު ކައުންސިލް އޮފިޝަލަކު ”ތިލަދުން” އަށް މައުލޫމާތު ދެއްވިގޮތުގައި 20 އެޕްރީލް 2023 ގައި އެއްބަސްވުމުގައި ސޮއިކުރެވި މަސައްކަތް ފަށާފައިވާ އެރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް 26 މޭ 2023 ގައި މުއްދަތު ހަމަވީއިރު ނިންމާލެވިފައި ވަނީ ހަމައެކަނި ފައުންޑޭޝަންގެ މަސައްކަތްތަކެވެ. އެއިމްސް ކޮންސްޓްރަކްޝަން ޕަރައިވެޓ...