މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް ހުޅުމާލެގައި އަޅަނީ
މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިއަދު ”އެކްސް”ގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަޤުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެހެންވެ، މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށް ވިދާޅުވެފަ ވެއެވެ. މި...