ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ނިންމައިފި
ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބުދުﷲ ނާޒިމް އިބްރާހިމް އެވެ. އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ނިންމުންތައް މީޑިއާ އާއި ހިއްސާކުރުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައި ވަނީ، ހދ. ކޭލަކުނު އިކޯ ޓޫރިޒަމަށް ތަރައްގީކުރުމުގެ މަސައްކަތް ފަށަން، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކ...