ރ. އަތޮޅު ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.

ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ޕީއެންސީއަށް ސޮއިކުރައްވާފައިވާކަން ޕްރޮގްރެސިވް އިއްތިހާދުގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަނީ ބުނެފައެވެ.

Ad
rt

ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ޕީއެންސީއަށް ސޮއިކުރައްވައި، ފޯމު ހަވާލުކޮށް ދެއްވާފައި ވަނީ އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ އެވެ.

ފައިނަކީ މެންބަރުން ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރުމުގައި އިދާރީ ދާއިރާއެއްގެ ގޮތުގައި ހިމެނޭ އިނގުރައިދޫ ދާއިރާ އަށް ނިސްބަތްވާ ރަށެކެވެ.

އެންމެފަހު އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 17 މާރިޗު 2021ގައި، މޫސާ އުމަރު މަނިކު، ފައިނު ކައުންސިލްގެ ރައީސްގެ މަގާމު ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައެވެ.

ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި ފައިނު ތަމްސީލްކުރާ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވެސް ޕީއެންސީ އަށް ސޮއިކުރައްވާފައި ވަނިކޮށެވެ.

ހަސަންޓޭ އަކީ ވެސް އެމްޑީޕީ)ގެ ޓިކެޓްގައި އިނގުރައިދޫ ދާއިރާ ގޮނޑި ކާމިޔާބު ކުރައްވައި، މިހާތަނަށް އެމްޑީޕީގައި ހުންނެވި މެންބަރެކެވެ.