ގޮނޑިގެއްލޭ ބިލު ތަސްދީގުކުރަށްވައިފި
ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ އަދި އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙްގެ ބިލު މިއަދު މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެ ބިލު ތަސްދީގުކުރަށްވައިފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ، ޕީއެންސީގެ ސ...