ޔާމީނަކީ މަކަރުވެރި ޚިޔާނާތްތެރިއެއް، އިންސާފް އަރާ ހަމަކުރާނެ: ފަލާހް
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ މަކަރުވެރި ޚިޔާނާތްތެރިއެއްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. ފަލާހް މިހެން ވިދާޅުވީ، ރައީސް ޔާމީން އިސް އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރޮންޓް އޮފީސް ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅަކާއި ގުޅުވައިގެން ރަށްދު ދެއްވަމުންނެވެ. އެ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އަ...