ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓް ދީފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ، މުޅި މާލެއިން ކަަރަންޓް ކެނޑުނީ ހެނދުނު 11:37 ހާއިރު އެވެ.

Ad
rt

މިހެން ދިމާވީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފަވެއެވެ.

12:58 ގައި މީޑިއާތަކަށް ފޮނުވި މަސެޖެއްގައި އެ ކުންފުނިން ބުނީ، ދިމާވި މައްސަލަ ހައްލުކޮށް މުޅިމާލެއަށް އަލުން ކަރަންޓު ދީފައުވާ ކަމަށެވެ.

ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ އެ ކުންފުނީގ އެމަރޖެންސީ ހޮޓްލައިން 104 އަށް ގުޅުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.