ސައޫދީ ފަންޑުގެ ވެރިޔާ އަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓު (ސައޫދީ ފަންޑް)ގެ އެންމެ އިސްވެރިޔާ، ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް އަރުވައިފިއެވެ. ދިވެހި ދައުލަތުން އަރުވާ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. ސަޢޫދީ ފަންޑްގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސް މުޢިއްޒު ކަނޑައެޅުއްވީ، ސަޢޫދީ ފަ...