މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,454 Stories
3,326 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އަސްކަރީ އާ އުޅަނދުތަކާއެކު ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ބާއްވައިފި
Raajje

އަސްކަރީ އާ އުޅަނދުތަކާއެކު ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، އަސްކަރީ އާ އުޅަނދުތަކާއެކު މަގުމަތީ ހިނގާލުމެއް މިއަދު ހަވީރު މާލޭގައި ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މި ހިނގާލުން ބައްލަވާލެއްވިއެވެ. މި ހިނގާލުން ފެށުނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ލަޝްކަރު ހުއްޓުމުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ....

ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި
Business

ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވެފައި، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާތީ، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މި ދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އޭނާ ވަނީ ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި...

މާނިއު އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް މިދަނީ ފޯރުކޮށްދެމުން: ފިލިޕީންސްގެ އެކަޑަމީ
Thiladhunmathi News

މާނިއު އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް މިދަނީ ފޯރުކޮށްދެމުން: ފިލިޕީންސްގެ އެކަޑަމީ

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ ލިބުނު އަނިޔާއާއި ގުޅިގެން ހުރިހާ ގޮތަކުން ވެސް މާނިއުއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް މާނިއު ތަމްރީނު ހަދަމުންދާ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑަމީން ބުނެފިއެވެ. 12 އޭޕްރިލް 2025 ވަނަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓުގައި މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް […]

މަޖީދިއްޔާ އަކީ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ": ރައީސް
Raajje

މަޖީދިއްޔާ އަކީ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ": ރައީސް

މަޖީދިއްޔާ ސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި “ޢިލްމީ ބަގީޗާ” ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދީއްޔާ ސްކޫލްގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، މަޖީދިއްޔާގެ “ފަޚުރުވެރި ހިޔަލުން” މި ޤައުމަށް ގެނުވި ކުރިއެރުމާއި، “މަޖީދިއްޔަ ނޫރުން” މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތެވެ. ރައީސް ވިދާޅުވީ، މަޖީދިއްޔާއަކީ ދިވެ...

ދިވެހި ޑޮކްޓަރުންނަށް ރައީސްގެ ޝުކުރު
Raajje

ދިވެހި ޑޮކްޓަރުންނަށް ރައީސްގެ ޝުކުރު

ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޝުކުރު އަދާކުރަށްވައިފިއެވެ. އެމަނިކުފާނު ދިވެހި ޑޮކްޓަރުންނަށް ޝުކުރު އަދާކުރެއްވީ އިއްޔެ ފާހަގަކުރި ދިވެހި ޑޮކްޓަރުންގެ ދުވަހާއި ގުޅުވައިގެން މީސްމީޑިއާގައި ލިޔުއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، ރައްޔިތުންގެ ދުޅަހެޔޮކަމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ. ”ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތު...

އެންދެރި މަޝްރޫޢުގެ ދަށުން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފި
Raajje

އެންދެރި މަޝްރޫޢުގެ ދަށުން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފި

އެންދެރި މަޝްރޫޢުގެ ދަށުން ތިމާވެށީގެ ދާއިރާއިން ކިޔެވުމަށް ދޭ ސްކޮލަރޝިޕަށް މިއަހަރު ހޮވިފައިވާ ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުމާއި، އެންދެރި މަޝްރޫޢުގެ 2024 ވަނަ އަހަރުގެ ސްކޮލަރޝިޕްގެ ދަށުން ތިމާވެށީގެ ދާއިރާއިން ސެޓްފިކެޓް ކޯސް ފުރިހަމަ ކޮށްފައިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލ. ގަމު ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަބްދުﷲ ޒިޔާދު އާއި، އެމ...

މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ މި މަހު 21 ގައި
Raajje

މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ މި މަހު 21 ގައި

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ކުރަށްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިކަން ވަނީ ކަށްވަރުކޮށް ދެއްވާފައެވެ. ޝަހީމް ކުރިން ވިދާޅުވި ގޮތުގައި، އިމާމްގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތު...

ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން އެދެން ފާސްކޮށްފި
Thiladhunmathi News

ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން އެދެން ފާސްކޮށްފި

ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން ރައީސް އޮފީހުގައި ދެންނެވުމަށް އެއަތޮޅު ކައުންސިލުން ފާސްކޮށްފިއެެވެ. ހއ. އަތޮޅު ކައުންސިލުން މިގޮތަށް ފާސްކުރީ 15 އޭޕްރިލް 2025 ގައި ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 155 ވަނަ ބައްދަލުވުމުގައެވެ. ހއ. އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް އަތޮޅުގެ ދެ ބިތުން ހަމަޖެއްސުމަށް ދެންނެވުމަށެވެ. މި ގޮތުން ދެ ރަށެއް އެ ކައުންސިލުން ވަނީ […]

ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާދެނީ
Raajje

ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާދެނީ

މާލޭ ހެންވޭރު ސަރަޙައްދުގައި ހުރި އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. މި ހާދިސާގެ ރިޕޯޓު ފުހުންނަށް ހުށަހަޅާފައި ވަނީ ހެނދުނު 7:23 ހާއިރު އެވެ. ފުލުހުން ބުނިގޮތުގައި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ވަނީ އައި.ޖީ.އެމް. ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފަށާފައެވެ. މި...

ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ލައިސަންސަށް ހުޅުވާލައިފި
Raajje

ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ލައިސަންސަށް ހުޅުވާލައިފި

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ޞިއްޙަތާބެހޭ ވުޒާރާއިން އިއްޔެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޢަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެކެވެ. އިޞްލާޙު ގެނެވުނު ޤާނޫނުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ބޭރުކުރުން އަދި ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތަކުން، ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން ޞިއްޙަ...

ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށް 492 މީހަކު ފަރުވާ ހޯދައިފި
Raajje

ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށް 492 މީހަކު ފަރުވާ ހޯދައިފި

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 492 ފަރުދަކު ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށްޓަކައި ޚާއްޞަ ފަރުވާ ހޯއްދަވާފައިވާކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ދައުލަތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އިޖާބީ ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޞިއްޙަތާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރުން ފެށިގެން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައ...

ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ބަލާ މައްސަލައިގެ ތަހުގީގު ނިންމައި ރިޕޯޓް ޖޭއެސްސީއަށް
Raajje

ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ބަލާ މައްސަލައިގެ ތަހުގީގު ނިންމައި ރިޕޯޓް ޖޭއެސްސީއަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދިޔަ މައްސަލައިގެ ތަހުގީގު ނިންމައި، ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ޖޭއެސްސީން މި ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމާ ގުޅިގެން، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން...

''މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނާ ހަމަޔަށް، ޕްރޮސެސިން ކެޕޭސިޓީ 365 ޓަނާ ހަމަޔަށް އިތުރު ކުރެވޭނެ''
Raajje

''މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނާ ހަމަޔަށް، ޕްރޮސެސިން ކެޕޭސިޓީ 365 ޓަނާ ހަމަޔަށް އިތުރު ކުރެވޭނެ''

ކުރިއަށް އޮތް ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު 25,000 ޓަނަށް އަދި ޕްރޮސެސްކުރެވޭ މިންވަރު 365 ޓަނަށް އިތުރުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި މިހާރު ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު ހުރީ 9,500 ޓަނު ހިސާބުގައެވެ. އަދި ޕްރޮސެސްކުރެވޭ މިންވަރު...

މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ކަންކަން މިދަނީ ހައްލުކޮށްދެމުން: ރައީސް
Raajje

މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ކަންކަން މިދަނީ ހައްލުކޮށްދެމުން: ރައީސް

މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ކަންކަން ހައްލުކޮށްދެއްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި، މަސްވެރިންނަށް ދިމާވެފައިވާ އައިސް އަދި ތެޔޮ ހޯދުމުގެ މައްސަލަތަކަށް ވަރަށްބޮޑު ޙައްލުތަކެއް ގެންނައުމަށް ދަނީ މަސައްކަތް ކުރަށްވަމުންނެވެ. ކަންކަން ހައްލުކޮށް ދެއްވަމ...

ބޭނުން ވަނީ ބިދޭސީންގެ ބަދަލުގައި ދިވެހިން މަސްދޯނިތަކަށް ދާން: ރައީސް
Raajje

ބޭނުން ވަނީ ބިދޭސީންގެ ބަދަލުގައި ދިވެހިން މަސްދޯނިތަކަށް ދާން: ރައީސް

ރާއްޖޭގެ މަސްދޯނިތަކުގައި މިހާރު މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި ދިވެހިން މަސްދޯނިތަކަށް ދިއުމަށް ބޭނުންވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު “ރައްޔިތުންނާއެކު” ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިހާރު މަސްދޯނިތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާއިރު، އެ ބިދޭސީން ބާލައި ނުވަތަ ފައިބައި އޭގެ ބަދަލުގައި ދިވެހިނ...