ޤާނޫނީ ވެރިކަން ކުރުމުގައި ތަފާތެއް ނުކުރަން، ނުވެސް ކުރާނަން: ރައީސް
ޤާނޫނީ ވެރިކަން ކުރުމުގައި ތަފާތެއް ނުކުރައްވާކަމަށާއި، އެކަމުގައި ތަފާތު ނުވެސް ކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މީސް މީޑިއަށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވީ، ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަށްވާކަމަށެވެ. އަދި އެކަމުގައި ތަފާތު ނުވެސް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ. ”އެ މީހެއްގެ ޙ...