ރާއްޖެ-މެލޭޝިއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި
ރައީސް ޑރ. މުހައްމަދު މުޢިއްޒު، މެލޭޝިޔާ އަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދަވައިފިއެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކޮށް ތިއްބެވީ ދެ ޤައުމުގެ އިސް ވެރިންކަމަށްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ މެލޭޝިއާއިން އެމަނިކުފާނަށް ދެއްވި ދަޢުވަތާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމު...