ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތަކާމެދު ސަމާލުވާން އެދިއްޖެ
ފަހަކަށް އައިސް ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިއަދު ހާމަކޮށްފިއެވެ. މިކަމާއި ސަމާލުވުމަށް ހަނދާންކޮށް ދެމުން ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ބުނީ، ބޭރުފައިސާ މާރުކުރުމަށް ބޭނުންކުރާ މެސެޖިންގ އެެޕްތަކުގެ ގްރޫޕްތަކުގައި ސްކޭމަރުން ގިނަވެފައިވާ ކަމަށެވެ. އެހެންކަމުން، މުޢާމަލާތްކުރާއިރު އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުއްދަ ލިބިފައިވާ ފަރ...