މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,454 Stories
3,306 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

''އިސްލާހާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދާނެ''
Raajje

''އިސްލާހާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދާނެ''

ކުޅިވަރު ޤާނޫނަށް ގެނެވުނު އިސްލާހުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ މި އިސްލާހަކީ ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުންނާއި، ޖަމުޢިއްޔާތަކުންނާއި، ކުޅިވަރު ކުޅުއްވާ ބޭފުޅު...

ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ބައިނަލްއަގްވާމީ އެވޯޑެއް
Raajje

ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ބައިނަލްއަގްވާމީ އެވޯޑެއް

ރައީސް ޑރ. މުހައްމަދު، ދިވެހިރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު އެމަނިކުފާނަށް އަރުވައިފި އެވެ. ޑަބްލިޔުއެޗްއޯއިން ކޮންމެ އަހަރަކުވެސް، ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލް ކުރުމަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ ފަރުދުންނާއި ޖަމްޢިއްޔާތަކަށް އެ ޖަމިއްޔާ ތަމްސީލްކުރުމުގައި ކަނޑައަޅާފައިވާ ދުނިޔޭގެ 6 ސަރަޙައް...

ރައީސް، މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފި
Raajje

ރައީސް، މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފި

މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ މިއަދު ކެޔޮޅުންނާއެކު ކުރިއަށްގެންދެވި ބައްދަލަވުމުގައެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި، ކެޔޮޅުން ވަނީ ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. މީގެ އިތުރުން، މިފްކޯއިން ތެޔޮ ލިބުމުގެ އިންތިޒާމު ފަސޭހަކުރުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކަށި ބޭނުންކުރުމަށް ބަދަލުކުރުމަށާއި، މަސ...

އަތޮޅު، ރަށު ފެންވަރުގައި ކުޅިވަރު ކުރިއަރުވަން ފުރުސަތު ފަހިކޮށްދޭ އިސްލާހަށް ޢަމަލުކުރަން ފަށައިފި
Raajje

އަތޮޅު، ރަށު ފެންވަރުގައި ކުޅިވަރު ކުރިއަރުވަން ފުރުސަތު ފަހިކޮށްދޭ އިސްލާހަށް ޢަމަލުކުރަން ފަށައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް މި ބިލު ތަސްދީގުކުރަށްވާފައިވާއިރު، މި އިޞްލާޙުގެ ސަބަބުން ކުޅިވަރު ދާއިރާއަށް ގިނަގުނަ ބަދަލުތަކެއް އަންނާނެއެވެ. މި އިޞްލާޙުގެ މުހިންމު ބައެއް ނުކުތާތަކުގެ ތެރޭގައި ހިމެނެނީ: 1. ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް، އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް އިތުރު ފުރުޞަތުތަ...

އޭޝިޔާގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި އުރީދޫގެ ސީސީއޯ ނިޔާޒް
Raajje

އޭޝިޔާގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި އުރީދޫގެ ސީސީއޯ ނިޔާޒް

އޭޝިޔާ ބައްރުގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ހިމެނިއްޖެއެވެ. އޫރިދޫއިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ސީސީއޯ، ޙުސައިން ނިޔާޒް ވަނީ ޓްރޭޑްފްލޮކްގެ ފަރާތުން 2025 ވަނަ އަހަރުގެ އޭޝިޔާގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި ހިމެނިފައެވެ. އެހެންވެ އެ ކުންފުނިން ވަނީ ސީސީއޯ އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ނިޔާޒަށް މި ޝަރަފް ލިބިގެން ދިޔުމަކީ އެކުންފުނިން ވަރަށް ބޮޑަށް ފަޚުރުވެރިވާކަމެއްކަމަށް […]

ހުރާގެ ''ޒޯނު 2''، މޮޅު ހުނަރުން މޮޅު ވަނަތަކެއް
Report

ހުރާގެ ''ޒޯނު 2''، މޮޅު ހުނަރުން މޮޅު ވަނަތަކެއް

މުބާރާތެއްގައި 1 ވަނަ 2 ވަނަ 3 ވަނަ އެއް ޓީމަކުން، އެއް ޓީމެއްގެ ބައިވެރިން ހޯދުމަކީ އާދައިގެ ކާމިޔާބީއެއްނޫނެވެ. އެކަންވާނީ އާދަޔާ ޚިލާފް ހުނަރަކާއި، ބުރަ މަސައްކަތުންކަން ޔަގީނެވެ. މާލެ އަތޮޅު ހުރާ ކައުންސިލުގެ ތިންވަނަ މަދަހަ މުބާރާތުގައި ޒޯނު 2 ގެ ބައިވެރިން މިވަނީ މި ފަޚުރު ހާސިލްކޮށްފައެވެ. މި މުބާރާތުގެ ފަޚުރުވެރި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޯދާފައިވަނީ މި މުބާރާތުގައި ވާދަކުރި ”ޒޯނު 2” ގެ ތިން […]

މޫސުމަށް ސަމާލުވޭ! 10 އަތޮޅެއް ހިމެނޭ ސަރައްދުތަކަށް ރީނދޫ ސަމާލު
Raajje

މޫސުމަށް ސަމާލުވޭ! 10 އަތޮޅެއް ހިމެނޭ ސަރައްދުތަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ރ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 7:30 އިން ފެށިގެން ހެނދުނު 11:30 އާއި […]

އިސްރާއީލްގެ ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް ރައީސް ގޮވާލައްވައިފި
Raajje

އިސްރާއީލްގެ ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް ރައީސް ގޮވާލައްވައިފި

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ދުނިޔޭގެ ޤައުމުތަކުގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާއަށް އަނިޔާވެރި ހަމަލާތަކެއް ދެމުން ގެންގޮސްފައެވެ. މިހާތަނަށް މި ހަމަލާތަކުގައި ފަލަސްތީނުގެ 53,300 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިސްރާއީލުން އިއްޔެ ވަނީ  ޣައްޒާގައި ފުޅާ ދާއިރާއެއްގައ...

އާރުޓީއެލް މަޝްރޫޢުއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ
Raajje

އާރުޓީއެލް މަޝްރޫޢުއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) އަށް 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިކަމާ ގުޅޭ އެމްއޯޔޫ ގައި މިއަދު ސޮއިކޮށްފައިވާއިރު، އިންޑިއާ ސަރުކާރުގެ “ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްސް” ގެ ދަށުން ދެވޭ މި އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެ...

މިއަހަރުގެ ހައްޖު ކިއުގައި ތިބި ހުރިހާ އެންމެނަށް ވަނީ ޖާގަ ދީފައި: މިނިސްޓްރީ
Raajje

މިއަހަރުގެ ހައްޖު ކިއުގައި ތިބި ހުރިހާ އެންމެނަށް ވަނީ ޖާގަ ދީފައި: މިނިސްޓްރީ

1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ދީފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރަށްވާފައިވާގޮތަށް 1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ވަނީ ހަމަޖައްސައިދީފައިވާނެކަމަށެވެ. މީގެ [...

ކިލޯއެއްގެ ޑްރަގާއި ފައިސާތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި
Raajje

ކިލޯއެއްގެ ޑްރަގާއި ފައިސާތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ އެ މުއައްސަސާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި މައްޗަންގޮޅީގެ ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، މި ބަލައި ފާސ...

ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތަކަށް ޕީއެސްއެމުން ދަނީ ތައްޔާރުވަމުން: ޔާމީން
Raajje

ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތަކަށް ޕީއެސްއެމުން ދަނީ ތައްޔާރުވަމުން: ޔާމީން

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތަކަށް ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެއެވެ. 973 ކުދިން ބައިވެރިވި ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446 ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި ޑީއެމްޑީ ޔާމީން ވަނީ ޕީއެސްއެމުން ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތަކަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. އ...

ބަންކަރިންގެ ހިދުމަތުން އެސްޓީއޯ އަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް
Thiladhunmathi News

ބަންކަރިންގެ ހިދުމަތުން އެސްޓީއޯ އަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފޯރުކޮށްދޭ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ރޭ މާލޭގެ ބާސެލޯ ނަސަންދުރާގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އޭނާ ވިދާޅުވި ގޮތުގައި އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތް އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، މާލެ ސަރަހައްދުގައި މި ޚިދުމަތުގެ ނަތީޖ...

އެސްޓީއޯގެ ހިއްސާއަކަށް މި އަހަރު ވެސް 80 ރުފިޔާ
Business

އެސްޓީއޯގެ ހިއްސާއަކަށް މި އަހަރު ވެސް 80 ރުފިޔާ

ދައުލަތުގެ މައި އެއް ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މި ޖަލްސާ ބާއްވާފައި ވަނީ ބާސެލޯ ނަސަންދުރަ މާލެ ހޮޓެލްގެ ބޯލް ރޫމުގައެވެ. އެސްޓީއޯއިން 2024 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކުރިއިރު، ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 741 މިލިއަން ރުފިޔާއެވެ. […]

ރާއްޖެއަށް 900،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
Raajje

ރާއްޖެއަށް 900،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 900،000 އަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 901،210 ފަތުރުވެރިން  ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި މިހާރު ދުވާލަކު އެވްރެޖްކޮށް 5،000 ފަތުރުވެރިން ރާއްޖެއ...