ފަތުރުވެރިކަން ދަށް އަތޮޅުތަކުގައި އަވަހަށް މަޝްރޫޢުތައް ފަށާނެ: ރައީސް
ފަތުރުވެރިކަން އެންމެ ދަށް ހުރިހާ އަތޮޅެއްގައި ވަރަށް އަވަހަށް ފަތުރުވެރިކަމުގެ މަޝްރޫޢުތައް ފެށިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު” ގައެވެ. ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ފަތުރުވެރިކަން ނެތް އަތޮޅުތަކަށ...