މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,944 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ހުޅުވައިފި
Raajje

މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ހުޅުވައިފި

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، މިއަދު ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު މާފަންނުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަޙައްދުގައި ފޯރުކޮށްދެއްވާ ޞ...

ހަނިމާދޫ، ގަން އަދި މާފަރު އެއާޕޯޓުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށް ފިރާގުގެ ވިސްނުން
Raajje

ހަނިމާދޫ، ގަން އަދި މާފަރު އެއާޕޯޓުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށް ފިރާގުގެ ވިސްނުން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފިޔަވައި ރާއްޖޭގައި މިހާރު ހިންގާ އިންޓަރނޭޝަނަލް އަނެއް ތިން އެއާޕޯޓް ކާމިޔާބު ކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ކަމަށްވާ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ ވިސްނުން ހިއްސާކުރައްވައިފިއެވެ. މި ވިސްނުމުގެ މައިގަނޑު އަމާޒަކީ ހަނިމާދޫ، ގަން އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްތަކުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށްޓަކައި ތަފާތު އުސްލޫބެއް (ސްޓައިލެއް) ބޭނުންކުރުމެވެ. އެންމެ ފަހުން ތަރައްޤީކޮށް ހުޅުވި ހަނިމާދޫ އިންޓަރނޭ...

ހުޅުމާލޭ ބިންހިއްކާ ސަރަހައްދު ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނުނަގާނަމަ އެޗްޑިސީން އެ އުޅަނދުތައް ނަގަނީ
Business

ހުޅުމާލޭ ބިންހިއްކާ ސަރަހައްދު ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނުނަގާނަމަ އެޗްޑިސީން އެ އުޅަނދުތައް ނަގަނީ

ހުޅުމާލޭ މާސްޓަރ ޕްލޭނާ އެއްގޮތަށް، ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި، އެޗްޑިސީން ބިންހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެންގި މުއްދަތުގައި ނުނަގާނަމަ، އެ ކޯޕަރޭޝަނުން އަމިއްލައަށް އެ އުޅަނދުތައް ނަގާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ބުނެފިއެވެ. އެޗްޑިސީން މިކަން ހާމަކޮށްފައިވަނީ، ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދ...

ކުޅުދުއްފުއްޓާއި ނޮޅިވަރަމު އިޤްތިސާދީ-އިޖްތިމާއީ ގޮތުން އިތުރަށް ގުޅުވުމަށް މަޝްވަރާކޮށްފި
Thiladhunmathi News

ކުޅުދުއްފުއްޓާއި ނޮޅިވަރަމު އިޤްތިސާދީ-އިޖްތިމާއީ ގޮތުން އިތުރަށް ގުޅުވުމަށް މަޝްވަރާކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ އާއި އެ އަތޮޅު ނޮޅިވަރަމު އިޤްތިސާދީގޮތުންނާއި އިޖްތިމާއީގޮތުން އިތުރަށް ގުޅުވުމަށް ކުރެވިދާނެ ކަންކަމާ މެދު މިއަދު މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ނޮޅިވަރަމު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އާއި، ނައިބު ރައީސް މުޙައްމަދު ހުސައިން، ކައުންސިލަރުން އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ކުޅުދުއްފުއްޓަށް ކުރެއްވި ރަސްމީ ދަތުރުގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތ...

"ރަށު ޚަޠީބުން" ޑޮކިއުމެންޓްރީގައި ޒުވާން ޚަޠީބުންގެ ޕްރޮގުރާމުން ފެރިދޫއަށް ލިބުނު ހައްލު
Raajje

"ރަށު ޚަޠީބުން" ޑޮކިއުމެންޓްރީގައި ޒުވާން ޚަޠީބުންގެ ޕްރޮގުރާމުން ފެރިދޫއަށް ލިބުނު ހައްލު

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން، ޒުވާން ޚަޠީބުންނާ ގުޅޭ ޚާއްސަ ޑޮކިއުމެންޓްރީއެއް ކަމަށްވާ ”ރަށު ޚަޠީބުން” މިއަދު ވަނީ ނެރެފައެވެ. މި ޑޮކިއުމެންޓްރީއަކީ މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ޕްރޮގުރާމު ކަމަށްވާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ސަބަބުން، ޚަޠީބުންގެ ދަތިކަން އިންތިހާއަށް އޮތް އއ. ފެރިދޫއަށް، އެ މައްސަލައަށް ހައްލު ލިބިގެން ދިޔަ ގޮތް ދައްކުވައިދޭނެ ޑޮކިއުމެންޓްރީއެކެވެ. ފެރިދޫގައި ޚަޠީބުންގެ ދަތިކަން ބޮޑުވެ، މީގެ ކުރިން ކައިރި ރަށްރަށުން ޚަޠީބުން...

ޖަނަވާރާމެދު އިހުމާލުވާ ނަމަ ބޮޑެތި ޖޫރިމަނާ ހިމެނޭ ޖަނަވާރު ރައްކާތެރިކުރުމުގެ ބިލު ފާސްކޮށްފި
Parliament

ޖަނަވާރާމެދު އިހުމާލުވާ ނަމަ ބޮޑެތި ޖޫރިމަނާ ހިމެނޭ ޖަނަވާރު ރައްކާތެރިކުރުމުގެ ބިލު ފާސްކޮށްފި

ޖަނަވާރާމެދު އިހުމާލުވާ ނަމަ ބޮޑެތި ޖޫރިމަނާ ހިމެނޭ ޖަނަވާރު ގެންގުޅުމާއި ޖަނަވާރު ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާޤުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރި ކުރުމަށް ދެމެހެއްޓެނިވި އަދި ރައްކާތެރި އުޞޫލުތަކެއް ކަނޑައެޅުމެވެ. ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބ...

ރެޕިޑް ޗެސް ޗެލެންޖް2025 ވަރަށް ކާމިޔާބު
Sports

ރެޕިޑް ޗެސް ޗެލެންޖް2025 ވަރަށް ކާމިޔާބު

ރެޕިޑް ޗެސް ޗެލެންޖުގެ ނަމުގައި ބޭއްވި ރާޒުވާ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލާފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލައް ކުރިޔައްދިޔަ މުބާރާތުގައި ޖުމްލަ 90 ކުޅުންތެރިން ވާދަކުރިއެވެ. ހުޅުމާލެ ޗެސް އާކޭޑް ގައި ކުރިއަށްދިޔަ މުބާރާތް ބަހާލާފައިވަނީ 8 އަހަރުންދަށް، 10 އަހަރުންދަށް، 12 އަހަރުންދަށް އަދި 14 އަހަރުންދަށުގެ އުމުރުފުރަޔަށެވެ. މުބާރާތުގެ 1 ވަނަ 2 ވަނަ 3 ވަނައަށް ދިޔަ ކުޅުންތެރީންނަށް މެޑެއްޔާއި ހަނދާނީލިޔުން ހަވާލުކޮއްދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު މުންތަޒިމް […]

ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
Raajje

ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ، ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ (16 ނޮވެމްބަރު 2025) ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު މި މައްސަލައިގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް މި މައްސަލައާއި […]

ސްޕާއަކުން ދިވެހި ފިރިހެނަކާއި ތައިލެންޑް ތިން އަންހެނަކު ހައްޔަރުކޮށްފި
Raajje

ސްޕާއަކުން ދިވެހި ފިރިހެނަކާއި ތައިލެންޑް ތިން އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި ހިންގަމުންދާ ސްޕާއެއް ބަލައިފާސްކުރުމަށްފަހު ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކާއި ތައިލެންޑް ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ “ޕީސް ސެލޫން އެންޑް ސްޕާ” ގައެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތައިލެންޓް ތިން...

މާއުނގޫދޫގައި މުޖުތަމަޢަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް
Thiladhunmathi News

މާއުނގޫދޫގައި މުޖުތަމަޢަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް

ށ. މާއުނގޫދޫ ކައުންސިލާއި ރިއަލްޓީ ކޮންސަލްޓެންސީ މޯލްޑިވްސް ގުޅިގެން، ރަށުގެ މުޖުތަމަޢުގެ އެކި ފަރާތްތަކަށް އަމާޒުކޮށްގެން މައުލޫމާތާއި ފަންނުވެރިކަން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ވިޔަފާރިތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތަކާއި، ދަރިވަރުންނަށް ކެރިއަރ ގައިޑަންސާއި، ބެލެނިވެރިންނަށް މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިމެނެއެވެ. ވިޔަފާރިތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަ...

ރައީސްގެ ދެކަނބަލުން ފަލަސްޠީނުގެ ފުޓްބޯޅަ ޓީމާއެކު ވަގުތުކޮޅެއް
Raajje

ރައީސްގެ ދެކަނބަލުން ފަލަސްޠީނުގެ ފުޓްބޯޅަ ޓީމާއެކު ވަގުތުކޮޅެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ. މި ހާއްސަ ފަރިއްކޮޅު ބާއްވާފައިވަނީ އަންގާރަ ދުވަހު މެންދުރު ހޮޓެލް ޖެންގެ ބޯލްރޫމުގައެވެ. މި ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުވެސް ބައިވެރިވިއެވެ. ފަލަސްތީނުގެ ޓީމު ރާއްޖެއަށް މިކުރާ ދަތުރަކީ، އޭ.އެފް.ސީ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ބައިވެރިވ...

ބާރަށު ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގަން އަނެއްކާވެސް ބީލަމަށް، ޝުޖާޢު އެދިވަޑައިގަތީ ފުރުސަތުގެ ބޭނުން ހިފަން
Thiladhunmathi News

ބާރަށު ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގަން އަނެއްކާވެސް ބީލަމަށް، ޝުޖާޢު އެދިވަޑައިގަތީ ފުރުސަތުގެ ބޭނުން ހިފަން

ހއ. ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިއްޔެ ޢިއުލާންކޮށްފިއެވެ. މި ޢިއުލާނާއި ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ހއ.ބާރަށު ޓޫރިސްޓް ޒޯން އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލާފައިވާކަމަށެވެ. އަދި މިއީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ތިންވަނަ ފަހަރުކަން ވެސް ޝުޖާއު ވަނީ ފާހަގަކުރަ...

މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ: ރައީސް
Raajje

މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ: ރައީސް

މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު” ގައި ސަރުކާރުގެ ދެ އަހަރު ދުވަހުގެ މަސައްކަތްތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތ...

ދިއްދޫ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރި: ލަތީފް
Raajje

ދިއްދޫ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރި: ލަތީފް

ހއ. ދިއްދޫ އަށް ބޭނުންވެފައިވާ ވަރަށް ގިނަ ކަންކަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ. ލަތީފްގެ ވާހަކާގައި ވިދާޅުވީ، މި ބަޖެޓަކީ ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭނެ ބަޖެޓެއްކަމަށެވެ. އަދި ދިއްދޫ ދާއިރާ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރިކަމަށާއި އެހެންވެ...

ސްޓެލްކޯއިން ވޭތުވި ދެއަހަރު 44 ޖެންސެޓް ބެހެއްޓި، 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކުރި
Business

ސްޓެލްކޯއިން ވޭތުވި ދެއަހަރު 44 ޖެންސެޓް ބެހެއްޓި، 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކުރި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވޭތުވި ދެއަހަރު 44 ޖެންސެޓް ބަހައްޓައި، 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. ވޭތުވި ދެ އަހަރުގެ އެ ކުންފުނީގެ އުސްއަލިތައް ހާމަކުރަމުން ސްޓެލްކޯއިން ބުނީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ޚިދުމަތްދޭ 29 ރަށެއްގައި ޖުމްލަ 44 ޖެންސެޓް ބަހައްޓައި، އެ ރަށްތަކަށް ޖުމްލަ 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކޮށްފައެވެ. މި އިތުރުކުރުންތަކުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ […]