ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހްލޫފް
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޚްލޫފްގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. މަޚްލޫފް އެ މަގާމަށް ޢައްޔަނުކުރުމަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީފުޅު މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވާފައިވާއިރު، އޭނާ އެ މަގާމަށް ޢައްޔަނުކުރުމުގެ މައްސަލަ މިއަދު ވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ އަށް ފޮނުވާފައެވެ. މަހްލޫފް ވަނީ 14 ނޮވެމްބަރު 2025 ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް […]