ހިޔާ ފްލެޓެއްގައި ދެބެން ތަޅައިގަނެ ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި
ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ދެބެންގެ ދެމެދުގައި މާރީމާރީ ހިންގައި އެކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރު އެޕާރޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެއެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާކަމަށް ފުލުހުން...