ޚާލިދާގެ ޖަނާޒާގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހައިދަރު
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ރައީސް ހަމަޖައްސަވައިފިއެވެ. ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ މީސްމީޑިއާ އެކައުންޓްތައް މެދުވ...