ސަނީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ ހާޒިރުގައި ގެއެއް ބަލާފާސްކޮށްފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް މަޢުލޫމާތު ދިން ގޮތުގައި، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވަނީ އޭނާގެ ހާޒިރުގައެވެ. މި ބަލައި ފާސްކުރުމަކީ ތަޙުޤީޤަށް ބޭނުންވާ ހެކި ހޯދުމަށް ކުރިއަށް ގެންދިޔަ ބަލާފާސްކުރުމެއްކަމަށް ބެލެ...