ފުނަދޫގައި ތަރައްގީކުރާ ސިފައިންގެ ވައިގެ މަރުކަޒު މިއަހަރު ހުޅުވޭނެ: ރައީސް
ށ. ފުނަދޫގައި ތަރައްގީކުރާ އެމްއެންޑީއެފް އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަންގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަން ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކުރަމ...