ހޯރަފުށްޓަށް އުފާވެރި ދުވަހެއް، އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށަނީ
ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށާގޮތަށް ހަމަޖެހިއްޖެ އެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް 29 އޯގަސްޓް 2020 ވާ ހޮނިހިރު ދުވަހު (މިއަދު)ގެ ހަވީރު 4:15 ގައި ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ. އެރަށު އެއަރޕޯޓުގައި ތާރުއެޅުމުގެ މަސައްކަތް ފެށުން ކުލަގަދަ ގޮތެއްގައި ގެންދިޔުމަށް ބޭނުންވާތީ، އެ ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުން ބައިވެރިވުމަށް ހޯރަފުށީ ކައުންސިލުން ވަނީ އެދިފައެވެ. “ތާރު އެޅުމުގެ ރަސްމިއ...