ބުރިޖުގައި އެކްސިޑެންޓެއް ހިނގާ 5 މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނޫސްވެރިންއަށް މަޢުލޫމާތުދެމުން ބުނީ މިރޭ 7:50 ގައި ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި މި އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖުގެ ސައިކަލް ލައިންގައި މަޑުކޮށްގެން އިން ސައިކަލެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އޭގެ ފަހަތުން އައި ތިން ސައިކަލެއްވެސް އެ ސައިކަލްގައި ޖެހި އެކްސިޑެންޓް ވެފައިވާކަމަށެވެ.

Ad
rt

މި އެކްސިޑެންޓާއި ގުޅިގެން ފަސް މީހަކަށް އެކިވަރުގެ އަނިޔާވެފައިވެފައިވާކަމަށާއި އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ، އަދި ތިން ސައިކަލަށްވެސް ބޮޑެތި ގެއްލުން ލިބިފައިވާކަމަށް މަޢުލޫމާތުލިބިފައިވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި އެއް ސައިކަލްގައި އިން މީހަކު އެކްސިޑެންޓްވުމާއެކު މަޑުނުކޮށް ފިލާފައިވާކަމަށެވެ.

ބުރިޖާއި، ހައިވޭގައި މަޑު ކުރުމަކީ އެކްސިޑެންޓްތަކަށް މަގުފަހިވާ ކަމެއް ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.