ހިންމަފުށިން މަދިރި މަދުކުރުމުގެ މަސައްކަތުގައި ޖަލުގެ އޮފިސަރުން ބައިވެރިވެއްޖެ
ކ. ހިންމަފުށިން މަދިރި މަދުކުރުމަށް، މަދިރި އާލާވާގޮތަށް ހުރި ތަންތަން ސާފުކުރުމުގެ މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުން ބައިވެރިވެއްޖެއެވެ. މި މަސައްކަތަކީ ކ. ހިންމަފުށީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. އިއްޔެ ހެނދުނު ކުރިއަށް ދިޔަ އެ މަސައްކަތުގައި، އެރަށުން މަދިރި މަދުކުރުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ފެންގަނޑު ހެދޭ ހޮރުތަކަށް ފަސް އެޅުމާއި ތަންތަން ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަސައްކަތުގައި ހިންމަފުށީގައި ހ...